ޚަބަރު

ދީނީ ނަސޭހަތް ދޭ މީހުން އެނގޭ ވަރަށް ވުރެ ނަޝީދުގެ ލާދީނީކަން ބޮޑު: އިޔާޒް

ދެން އެމްވީ ، ދެން އޮންލައިން

ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްކާ ބޭފުޅުންނާއި އެނޫން ބޭފުޅުން ވަކި ކުރައްވަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ލާދީނީކަން ބޮޑު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިޔާޒް މިހެން ވިދާޅުވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށާއި އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެންނަ ކަމަށެވެ.

ނަޝީދުގެ މި ވާހަކަތަކށް ރައްދު ދެއްވައި އިޔާޒް ވަނީ ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވުމަށް ނަޝީދަށް ގޮވާލައްވާފައެވެ.

"ދީނީ ނަސޭހަތް ރަނގަޅު ގޮތުގައި ދެއްކާ ބޭފުޅުންނާއި އެނޫން ބޭފުޅުން ވަކި ކުރައްވަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ މަނިކުފާނުގެ ލާދީނީކަން ބޮޑު. ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ. ފަތަށްވެސް ލުއި ވާނެ." އިޔާޒް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ބިލާލް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާން ކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާ އަދި ކަންބޮޑުވުންތަކާ ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ.ބިލާލްގެ އިވެންޓު މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!