ޚަބަރު

ރޭޕް ކުރި ދެ އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕައަށް ދައުވާކުރަން ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫގައި ކާފައާއި މުނިކާފަގެ ފަތާރުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު، އެ ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހުގީގު ފުލުހުން މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކުއްޖާގެ ބައްޕައަށާއި މަންމައަށް އިހުމާލުވުމުގެ ދައުވާ އުފުލަށް އެދި ޕީޖީ އޮފީހަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ކުއްޖާގެ ބައްޕައަށް ދައުވަ ކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅިފައިވާތީ، އެ އޮފީހާ މަޝްވަރާ ކުރުމަށް ފަހުގައި އިއްޔެ މެންދުރުފަހު 2:30 ގައި އޭނާ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!