ޚަބަރު

މަސް ގަންނަ އަގު ކިލޯއަކުން ރުފިޔާއެއް ބޮޑުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލޭގެ މަސް މާރުކެޓް ސަރަޙައްދު : ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 17 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

Ads by MWSC

ސަރުކާރުގެ މަސް ކުންފުނީގެ މައި ކުންފުނި އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްވެރިން އަތުން މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

‏އަމްރު ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ޚަރަދުތައް ވެސް ވަނީ ކުޑަކުރެވިފައި ކަމަށާއި ބޭރުގެ މާކެޓްތައް ހޯދި ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސްގަންނާނީ މިހާރު ގަންނަ އަގަށް ވުރެ ބޮޑު އަގެއް ކަމަށާއި އެހެން ކަމުން، މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި މިހާރު ގަންނަނީ 17 ރުފިޔާއަށް ކަމަށާއި ކުރިން ގަންނަމުން އައީ 16 ރުފިޔާއަށް ކަމަށެވެ. އަދި އައިސް އެޅި، އައިސް ނާޅާ މަސް ގަންނަމުން އައީ 14 ރުފިޔާއަށް ކަމަށާއި މީގެ އަގު 15އަށް ބޮޑުކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މަސްދަޅުގެ އައު އަގުތަކުގެ ތަފްސީލު މިފްކޯގެ ސޭލްސް ޓީމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!