މުނިފޫހިފިލުވުން

"ރުޅިވީ ނެހާ، އެކަމަކު ނަންވީ އަހަރެން"

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ނެހާ ކައްކާރާއި ހިމާންޝް ކޮލީ ގިނަ ދުވަހެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ދެމީހުން ވަކިވި ހަބަރު ވެގެންދިޔައީ އެތައް ބަޔަކަށް ޝޮކް ލިބިގެން ދިޔަ ޚަބަރަކަށެވެ.

Ads by Sosun Fihaara

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑްތަކުގައި ހިމެނުނު މި ދެތަރިން ލޯބީގެ ގުޅުން ނިންމާލީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ރުޅިވުމަށް ފަހު ހިމާންޝް އެ ދެމީހުންގެ ގުޅުމުގެ ވާހަކަ އެއްވެސް ބަޔަކާއި ހިއްސާ އެއް ނުކުރެއެވެ. ނަމަވެސް ނެހާ ދިޔައީ މީޑިއާގައިވެސް އެދެމީހުން ރުޅިވުމަށް މެދުވެރިވި ސަބަބުތަކުގެ ވާހަކަ ހިއްސާކުރަމުންނެވެ.

ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ހިމާންޝް ވަނީ އޭނާއާއި ނެހާގެ ބްރޭކްއަޕްގެ ހަގީގަތް ކިޔައިދީފައެވެ. ހިމާންޝް ބުނީ އެކީ އުޅެން ބޭނުން ނުވީ ނެހާ ކަމަށެވެ. އަދި ނެހާ އޭނާ އާއި އެކީ އުޅެން ބޭނުން ނުވުމުން ދެމީހުން ދުރުވީ ކަމަށާއި ދެމީހުން ރުޅިވުމުން ނެހާ ހުރިހާ ކަމެއް އޭނާ ބޮލަށް ޖަހައި، އެންމެންގެ މެދުގައި އޭނާ ގޯސްކޮށްލީ ކަމަށް ހިމާންޝް ބުނެފައިވެއެވެ.

ނެހާގެ ސަޕޯޓަރުން ވަނީ ހިމާންޝް އަށް "ހިތެއް ނެތް ލޯބިވެރިޔާ" ގެ ޓެގް ވެސް ދީފައެވެ. ހިމާންޝް ބުނީ އެއްވެސް މީހަކު އޭނާގެ ވާހަކަތައް އަަޑުއަހަން އެވަގުތު ބޭނުން ނުވި ކަމަށާއި މުޅި ދުނިޔެ ވެސް ދެކެމުން ދިޔައީ އޭނާއަކީ ގޯސްމީހެއްގެ ގޮތުގައި ކަމަށެވެ.

ހިމާންޝް ބުނެފައިވަނީ އޭނާ ނެހާ އާއި އެކީ ޒަވާޖީ ހަޔާތެއް ފެށުމުގެ ހުވަފެންތައްވެސް ދުށް ކަމަށެވެ. ނަމަވެސް ނެހާ އޭނާ ބޭނުން ކުރީ ހަމައެކަނި މަޝްހޫރު ކަން ހޯދުމަށް ކަމަށްވެސް ހިމާންޝް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!