އައްޑޫގައި ޑިކޯވި ފަތުރުވެރިއެއް އިތުރު ފަރުވާއަށް މާލެ ގެންނަނީ
އައްޑޫގައި ފަތުރުވެރިޔަކު ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑިކޯ)ވެގެން ފަރުވާދޭން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކަނޑިހެރަ މަންތާ ޕޮއިންޓް އަށް ޑައިވިންއަށް ދިޔަ 57 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ޑިކޯވެގެން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންނަން މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ.
ޑިކޯވި ފަތުރުވެރިޔާ މިއަދު 11:15 ކަންހާއިރު ހެލިކޮޕްޓަރުގައި މާލެ ގެންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ޑިކޯވާ މީހުންނަށް އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބޭނުންކޮށްގެން ފަރުވާދޭން ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
Ads by Allied Insurance