Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔާމީންގެ ޝަރީއަތުގައި ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި: އާދަމް ޝަރީފް

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގަމުން ދިޔަ އިރު، ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، އެކަމުގެ ވިސްނުމެއްވެސް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައީސްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން އެނގޭ ކަމަށާއި ސަރުކާރުން ބޭނުން ނުވާ ގޮތަށް ޝަރީއަތް ނުދާ ނަމަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުށަހަޅަން ޖެހޭ ކަމަށެވެ.

"ޖޭއެސްސީ[ޖުޑިސިއަލް ސާވިސް ކޮމިޝަން] އޮތީ ހިސޯރުކޮށްފައި، ޝަރުއީ ނިޒާމު އޮތީ ބިރުވެރިކަމެއްގައި" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް