ޚަބަރު

ރައީސް ޔާމީން މާލެ ގެނެސް ހިތުގެ ޑޮކްޓަރަކަށް ދައްކައިފި

ދެން އެމްވީ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޖަލަށްލާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

Ads by MWSC

ކަރެކްޝަންސް އިން ބުނީ ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށް ފަހު މިހާރު އަނބުރާ، މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޔާމީން ގެންގޮސްފައިވަނީ އައިޖީއެމްއެޗްގައި ހުންނަ ކާޑިއެކް ސެންޓަރަށެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ، ފަސް އަހަރު ދުވަހަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައިކޯޓްގައި ވަނީ ފަށައިފަ އެވެ.

އިސްތިއުނާފް އަޑުއެހުމުގައި ޔާމީން ވަނީ އެމަނިކުފާނުގެ ހިތުގެ މައްސަލަ އެބަހުރި ކަމަށާއި އެ ބައްޔަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ބައްޔެއް ކަމަށް ވުމުން ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!