މުނިފޫހިފިލުވުން

"ނޮވެމްބަރ" އަންނަނީ މިއަހަރުގެ ޖުލައިމަހު ހައެއްގައި!

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގައި ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ޑާކްރެއިން އެންޓާޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ފިލްމު "ނޮވެމްބަރ" ރިލީޒްކުރާނެ ތާރީޚު މިހާރު އާއްމުކޮށްފިއެވެ.

Ads by MWSC

މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މިފިލްމު ރިލީޒްވާނީ މިއަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު ކަމަށް ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) ހާމަކޮށްފައިވެއެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ އަދި ބެލުންތެރިންގެ ތަރުހީބު އިންތިހާއަށް ލިބިފައިވާ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ލީޑް ރޯލުން ފެނިގެންދާ "ނޮވެމްބަރ" އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ ޝޫޓިންގެ ބައެއް މާލޭގައި ނަގާފައިވާއިރު، އައްޑޫ ސިޓީ އާއި ސިންގަޕޫރުގެ ރީތި މަލަމަތިވެސް މިފިލްމުން ފެނިގެންދާނެއެވެ. އައިޝަތު ފުވާދު ތައުފީޤް އަދި އަހުމަދު ތޮލާލް ގެ މޮޅު ސްކްރިޕްޓަކަށް ތައްޔާރުކޮށްފައިވާ މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ އައިޝަތު ފުވާދު ތައުފީޤް އަދި އަލީ ޝިޕާއު (ޗިއްޕެ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުވާދެވެ. މިފިލްމްގެ ދާދި ފަހުން ޑާކްރެއިނުން ވަނީ އެފިލްމުގެ ޕޯސްޓަރ ވެސް ރިލީޒް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!