ޚަބަރު

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އައިސީޔޫގައި

މާލޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި ޒިވާނަކަށް ސީރިއަަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މިއަދު މެންދުރު 3:30 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ދަރުބާރުގެ އާއި މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން އެ ޒުވާނާ ސައިކަލުގައި ދަނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށް ފުލުހުން ބުނެއެވެ.

އެ ޒުވާނާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިޥާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނާރާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ނުވާތީ މިހާރު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ޒުވާނާގެ އަތުގައި ލައިސެންސް ނެތްއިރު، މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!