ޚަބަރު

އިމާރާތެއްގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާ ވެއްޖެ

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓިއްޖެ އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ބޭރުގައި ކުލަ ލާން އުޅުނު މީހަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ހަވީރު 5:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގައި އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ގޯޅިއާވީ ދިމާލު ބޭރު ފާރުގައި ކުލަ ލާން އުޅުނު ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެއް ގޯޅި ތެރޭގައި ހުރި ޖަންކްޝަނެއްގެ މައްޗަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އޭނާގެ މޫނަށާއި ބޮލަށް އެކިވަރުގެ އަނިޔާ ލިބިގެން، ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!