ވާދޫ ސްކޫލްގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ރ. ވާދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި މަސައްކަތް ހަވާލުކުރައްވައިފައި ވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅައިފައި ވަނީ 4,794,256.73 (ހަތަރުމިލިޔަން ހަތްލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް ހަރުފިޔާ ހަތްދިހަ ތިންލާރި)އެވެ.
މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން، މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދެވެ. އަދި ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޖެނެރަލް މެނޭޖަރ ސައީދު މުޙައްމަދެވެ.