ޚަބަރު

މިއީ ޖުޑީޝަރީއަށް ނުފޯޒު ފޯރުވާ ސަރުކާރެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ދެން އެމްވީ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ސަރުކާރެއް ކަމަށް މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރިއިރު މަގާމުން ވަކިކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުން ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ކަމުގައިވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް، ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮންނަނީ، އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހްގެ ވެރިކަމުގައި ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި، މި ސަރުކާރުން އަބަދުވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

އަބްދުﷲ ދީދީ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިހުލާސްތެރި ނިޔަތެއްގައި ކަމަށް ރައީސް ވިދާޅުވެ ދެއްކި ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!