ޚަބަރު

ބަދަލުވަމުން އަންނަ ދުނިޔެއާ އެއް ފެންވަރެއްގެ ތައުލީމް ދަރިންނަށް ދޭން ޖެހޭ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔެ އަންނަނީ ބަދަލުވަމުން ކަމަށާއި، ޒަމާނީ ފެންވަރުގެ ތައުލީމް އަޅުގަނޑުމެންގެ ދަރިންނަށް ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދ. ރިނބުދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް އެ ރަށު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރި، ބަދަލުވަމުން ކަމަށާއި އެހެންކަމުން މިއަދު އަޅުގަނޑުމެން ދަރިންނަށް ދޭންޖެހެނީ މިޒަމާނުގެ ތަޢުލީމު ކަމަށެވެ.

އަދި މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތަޢުލީމީ ފަލްސަފާގެ ތެރެއިން ކަމަށާއި އެގޮތުން ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު ޢިމާރާތް ކުރުންވެސް، މިއިން ކޮންމެ މަސައްކަތަކީ، ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްޤީކޮށްފައިވާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން. މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއް" ރައީސް ވިދާޅުވިއެވެ.

ތައުލީމީ ސިޔާސަތު އެގޮތަށް ބަދަލުކުރީ ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށްފަހު އަދި ވަރަށް ގިނަ މަގްސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ރާއްޖެ ހަލުވިމިނުގައި ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާ ތަރައްގީއާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ބެހެއްޓޭނީ އާންމު ރައްޔިތުންގެ ކިބައިގައި ތަރައްގީގެ ވިސްނުން ހުރެގެން ކަމަށެވެ. އެކަން އަޅުގަނޑުމެންނަށް ހާސިލްކުރެވޭނީ ދަރިންނަށް ޒަމާނީ ތައުލީމް އުނގަންނައިދީގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ހުނަރުވެރި އީޖާދީ ޖީލެއް ބިނާކުރުން ކަަމަށާއި ބޭރު ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދެނީ އެހެންވެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!