Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު، އައްޑޫއަށް ވޮލީ ލަތީފް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ކުރިމަތިލައްވައިފިއެވެ.

މުއިއްޒު އަދި ލަތީފް ވެސް ވަނީ މިހާރު ދެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ. އިންތިހާބުގައި މި ދެ ބޭފުޅުން ވާދަކުރައްވާނެކަން ޕީޕީއެމް އިން ވަނީ ޔަގީންކޮށްދީފައެވެ.

ބޮޑު ދެ ސިޓީން ޕީއެމްގެ ފަރާތުން މުއިއްޒު އާއި ލަޠީފު ނެރޭއިރު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާނީ އަނަސް އަބްދުއްސަތާރެވެ. އަދި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ.

Advertisement
HDC — Sidebar (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް