ޚަބަރު

ޕީއެސްއައިޕީގެ މަޝްރޫއުތަކަށް މިއަހަރުގެ މީހަތަނަށް 573 މިލިއަން ރުފިޔާ ހަރަދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ޕީއެސްޕީއަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 573 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކަށް 40.9 މިިލިއަން ހަރަދުކޮށްފައިވެއެވެ. ތައުލީމީ ދާއިރާގެ ބަޖެޓުން މިހާތަނަށް ޕީއެސްއައިޕީއަށް 13.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދަތުރުފަތުރުގެ ދާއިރާ އިން 29.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހައުސިންގެ ދާއިރާއިން 11.7 މިލިއަން ރުފިޔާ ޕަބްލިކް ސެންޓާ އިންވެސްޓުމަންޓު ޕްރޮގްރާމަށް މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިާއިރު ބިން ހިއްކުމާއި މަގު ހެދުމަށް މި މުއްދަތުގެ ތެރޭގައި 32.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ.

މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!