ލައިފްސްޓައިލް

ކައިލީގެ ތުންފަތް ބޮޑު ކުރާގޮތް އޭނާގެ ފޭނުންނާ ހިއްސާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ޒުވާން ބިލިއަނަރުން ގެ ތެރޭގައި ހިމެނޭ ކައިލީ ޖެނާ އަކީ އެތައް ބަޔަކު ފޮލޯ ކުރާ ފަންނާނެކެވެ. ކައިލީ ވަނީ އާއިލީ ޝޯ ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް އިން މަގުބޫލުކަން ހޯދައި މިހާރު އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް އުފައްދާފައެވެ.

Ads by STELCO

ކައިލީ ގެ ފެޝަން އަދި މޭކަޕް އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. މި ގޮތުން ވެސް ކައިލީ ގެ ‘ ޕައުޓް ލިޕްސް’ ނުވަތަ ބޮޑެތި ތުންފަތަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ފޮލޯ ކުރި ޓްރެންޑެކެވެ. ކުޑައިރު ތުންފަތް ކުޑަ ކަމުން މީހުން ބުލީ ކޮށްފައިވާ ކައިލީ މި ވަނީ އޭނާގެ ތުންފަތް ބޮޑުކުރާ ގޮތް އާންމުންނާއި ހިއްސާ ކޮށްފައެވެ.

ކައިލީ ބުނި ގޮތުގައި އޭނާގެ ލިޕް ޓިއުޓޯރިއަލް އަށް ބޭނުންވަނީ އެންމެ ތިން ޕްރޮޑަކްޓެވެ. އެއީ އެންމެ ފުރަތަމަ ތުންފަތް ވަށައިގެން ލައިން ކުރުމަށް ބޭނުން ކުރާ ކައިލީ ބްރޭންޑް ގެ ލިޕް ލައިނާ އާއި ލިޕް ގްލޮސް އާއި އޭގެ މަތިން ލިޕްސްޓިކްއެވެ. ލިޕް ލައިނާ އިން ކައިލީ އޭނާގެ ތުންފަތް އޯވަލައިން ކުރާއިރު އޭގެ ސަބަބުން ތުންފަތް އިތުރަށް ބޮޑުކަމަށް ދައްކައެވެ.

ކައިލީ ގެ މި ލިޕް ޓިއުޓޯރިއަލް ބަލާލަން ބޭނުންވާ ފަރާތްތަކަށް ކައިލީ ގެ އޮފިޝަލް އިންސްޓަގްރާމް އިން މި ވީޑިއޯ ފެނިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!