މުނިފޫހިފިލުވުން

ކޮން ބައެއް މިއަދު ކައިވެނި ކުރަނީ؟

ދެން އެމްވީ ، ދެން އޮންލައިން


މިއަދުގެ ތާރީޚަކީ ތާރީޚަށް ބަލާލި ކަމުގައި ވިޔަސް ވަރަށް ރީތި ތާރީޚެކެވެ.

Ads by STELCO

2020 އަކީ ބަލާލަން ވަރަށް ރީތި ނަންބަރުތަކަކަށްވާއިރު، މިއަދުގެ ތާރީޚު މިއަހަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިއަދަކީ 20/02/20 އެވެ.

ރީތި ތާރީޚުތަކުގައި ކޮންމެވެސް މޮޅުކަމެއް ކުރުމަކީ ދިވެހިންގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން އެންމެ ގިނައިން މީހުން ކުރަމުން އަންނަ އެއް ކަމަކީ، މިފަދަ ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމެވެ.

ރާއްޖެއަށް ބަލާއިރު މިއަދު މިހާރުވެސް 64 ކައިވެނި ކުރަން މީހުން އެދިފައިވާ ކަމަށް ފެމިލީ ކޯޓުން ވަނީ މައުލޫމާތު ދީފައެވެ. މިއީ ކޯޓުން ބޭރުގައި ކުރާ ކައިވެންޏާއި ކޯޓުގައި ކުރާ ކައިވެނިތައް ހިމަނައިގެންނެވެ.
މިއަދު މިއަދަދުގެ މީހުން ކައިވެނި ކުރަން އެދިފައިވާއިރު، އާއްމުކޮށް ފެމިލީ ކޯޓުގައި ކުރަނީ 10 ވަރަކަށް ކައިވެނި ކަމަށް ވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.

މާލޭގެ ބައެއް ތަންތަން ކައިވެނި ހަފްލާ ބޭއްވުމަށް މިއަދު ބުކް ކޮށްފައިވާއިރު ބައެއް ރިސޯޓުތަކުގައި ވެސް ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސުވާލަކީ، ކައިވެންޏެއް ކުރަން ބަލާއިރު ބޮޑަށް ވިސްނަންވީ ރީތި ތާރީޚެއްގައި ކައިވެނި ކުރެވޭތޯ ނޫނީ ރަނގަޅު ކައިވެންޏެއް މުޅި އުމުރު ދުވަހަށް ދެމެހެއްޓޭތޯ ހެއްޔެވެ؟ ރާއްޖެއަކީ މިހާރުވެސް މުޅި ދުނިޔޭގެ ނިސްބަތައް ބަލާއިރު އެންމެ ވަރިގިނަ އެއް ޤައުމެވެ.

ކައިވެންޏެއް މުޅި އުމުރު ދުވަހަށް ދެމެހެއްޓޭތޯ ހެއްޔެވެ؟ ރާއްޖެއަކީ މިހާރުވެސް މުޅި ދުނިޔޭގެ ނިސްބަތައް ބަލާއިރު އެންމެ ވަރިގިނަ އެއް ޤައުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!