ޚަބަރު

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދަށް ޗެނަލް ޕާކެއް

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ސަރަަހައްދުގައި ޗެނަލް ޕާކެއް އޮންނާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އެ ސަރަހައްދު ތަރައްގީ ކުރާނެ ގޮތް ވީޑިއޯގެއް އެޗްޑީސީ އިން އާންމުކޮށްފައިވާއިރު، އެ ކުންފުނިން ބުނީ އެ ސަރަހައްދު ތަރައްގީ ކުރާނީ "ދަ ޗެނަލް ޕާކް ބޮލެވާޑް"ގެ ނަމުގައި އާންމުންނަށް މުނިފޫހި ފިލުވޭނެ އިންތިޒާމުތަކާ އެކު ކަމަށެވެ.

އެޗްޑީސީން ބުނީ މި ސަރަހައްދު ތަރައްގީވެ ނިމޭއިރު ސްކޭޓް ޕާކަކާއި ބޯލިން ކްލަބެއްގެ އިތުރުން މަސް ބާނާ ޑެކަކާއި މި ނޫން ވެސް ގިނަ ވަސީލްތަތަކެއް ގާއިމް ކުރާނެ އެވެ.

އެމަސައްކަތް ނިމޭނެ ތާރީހެއް އެ ކުންފުނިން އަދި ނުބުނެ އެވެ.

އެ ކުންފުނިން ވަނީ މި ސަރަހައްދު ތަރައްގީ ކުރުމުގެ ގޮތުން ކުރިން މިތަނުގައިވާ ބާބެކިޔު ސަަރަހައްދު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ހަދާ ފަސް ބުރިޖުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!