Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރު ކޮރަޕްޓު: އުމަރު

އެމްޑީޕީ ގެ ސަރުކާރަކީ ކުރީގެ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިއަދު އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޓީއެމްއޭ ގެ މައްސަލަ ސަރުކާރުން ނިންމި ގޮތާއ، ގުޅުންހުރި ކުންފުނި ތަކައް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލު ތަކުން މިހާރު ޔަގީން ވަނީ، އެމްޑީޕީ ގެ ސަރުކާރަކީ ކުރީ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއް ކަމެވެ.

"ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެބި، މިސްރާބު ގެއްލި، ވީ ވަޢުދު ތަކުގެ މަތިން ހަދާން ނެތިގެން ދޭ." އުމަރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އުމަރު އިތުރަށް ވިދާޅުވީ މިހިގާ ކަންކަމުގެ ހިތި ނަތީޖާ 2023 ގައި ވޯޓު ފޮށިން ފެނިގެން ދާނެ ކަމަށެވެ. އަދި މިއުޅުއްވާ ސިޔާސީ ލީޑަރުން ތައް އިންތިޚާބު ކޮށްގެން ލިބޭނީ އެކައްޗެއް ކަމަށާއި ވާނީ އެއްގޮތެއް ކަމާއި ނިކުންނާނީ އެއް ނަތީޖާއެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"މި ރާއްޖެ ދާންވީ މުޅިން އާ މިސްރާބަކަށް." އުމަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ސީޕްލޭން ޓާމިނަލްގެ 5،300 އަކަފުޓޫގެ ސަރަހައްދެއް ޓީއެމްއޭއަށް ދޭން ނިންމާފައެވެ. އެކަމަކު ޓީއެމްއޭއިން ބުނީ ކުރީގެ ސަރުކާރުން ފެށިގެން އެ ކުންފުންޏަށް އެމްއޭސީއެލް އިން ޔަގީންކަން ދެމުން ދިޔައީ 15 އަހަރުގެ ދުވަހަށް ޓާމިނަލް ދޭ ގޮތަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް