ޚަބަރު

ރާއްޖޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ފެތުރެންފެށި ކޮރޯނާވައިރަހަށް ރާއްޖޭގައި ވެސް ޓެސްޓު ކުރެވޭނެ އިންތިޒާމު ހެލްތު މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ބޭއްވި ހަފްލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާވައިރަހަށް މިއަދުން ފެށިގެން އައިޖީއެމްއެޗުގައި ޓެސްޓް ހެދޭނެ ކަމަށާއި ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ، ކޮރޯނާވައިރަަހަށް ޓެސްޓު ކުރުމަށް ބޭނުންވާ 1،000 ކިޓް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައެއް ނުވެއެވެ. ނަމަވެސް ޗައިނާ އިން ރާއްޖެ އައި ބައެއް މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ހަތް މީހެއްގެ ސާމްޕަލްތައް އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެން ވަނީ ޓެސްޓު ކޮށްފައެވެ. އެ ފަހަރު އޭގެ ނަތީޖާ ލިބެން ތިން ދުވަސް ނެގި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!