Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލަ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ވަގުތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި މުއްދަތު ހަމަވާނެ ކަމަށް ބުނެފައިވަނީ މިއަދުގެ މެންދުރުފަހު 15:00 ގައެވެ. ނަމަވެސް އިލެކްޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފޯމު ހުށަހެޅުމުގެ ވަގުތު މިއަދު ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ބައެއް ރަށު ކައުންސިލްގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަނަށް ހުށަހަޅާފައިވާއިރު ބައެއް ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ފޯމުތައް ހުށަހަޅަމުންނެވެ. ނަމަވެސް ހުރިހާ ސިޔާސީ ޕާޓީއަކުން ފޯމު ހުށަހެޅި ކަމެއް ޔަގީނެއް ނޫނެވެ.

Advertisement
Ooredoo — Truecaller (box)

މިއަދުގެ ހަވީރު 16:00އަށް ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 15:00އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް