މެދުއިރުމަތި ދުނިޔެ

ޔަހޫދީންނަށް ދިން ހަމަލާއެއް ފަލަސްތީނުގެ ރައީސް ކުށްވެރި ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރާއީލްގެ ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާއެއް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ކުށްވެރި ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއީ ޔަހޫދީންނަށް ދިން ހަމަލާއެއް، ރައީސް މަހުމޫދު މިފަދަ ގޮތަކަށް ކުށްވެރި ކުރެއްވި ފުރަތަމަ ފަހަރެވެ.

ހަމަލާއާ ގުޅިގެން އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރާއީލް-ފަލަސްތީނުގެ ހަމަޖެހުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މިފަދަ ހަމަލާއެއްގެ ސަބަބުން، ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

އޭއެފްޕީން ބުނީ އިޒްރާއީލްގެ ތެލްއެވީވް ސިޓީ ކައިރީގައި ދިން މި ހަމަލައިގައި ޔަހޫދީ ފަސްމީހަކު މަރުވެފައިވާ ކަމަށެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ޔަހޫދީންނަށް އަމާޒުކޮށް ދިން މި ފަދަ ތިންވަނަ ހަމަލާއެވެ. އިޒްރާއީލުން މިހަމަލާގެ ތުހުމަތު ކުރަނީ ޔަހޫދީންގެ ޖަލެއްގައި ހަތަރު އަހަރު ހޭދަކުރި ހަމަރްޝާހު ކިޔާ މީހަކަށެވެ.

މިއީ "ޓެރަރިސްޓް" އެޓޭކެއްގެ ގޮތުގައި ހުޅަނގުގެ ބައެއް މީޑިއާތަކުން ސިފަކުރާއިރު، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ މީހުން ބުނަނީ، މިފަދަ ހަމަލާތައް ޔަހޫދީންނަށް ދެނީ ފަލަސްތީނުގެ ބިންތައް ނުހައްގުން ފޭރިގަނެގެން އުޅޭތީ ކަމަށެވެ.

ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާ، އަބަދުވެސް އިޒްރާއީލް ދިފާއުކުރާ އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!