ޚަބަރު

ފައިބަރު ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ދެފެންދޭތެރެއަށް އަޑިއަށް ގޮސްފައިވާ 37 ފޫޓުގެ ފައިބަރ ބޯޓެއް ހއ. އަލިދޫގެ އިރުއުތުރު ފަރާތުން އޮޔާގެންދާތީ، ދަތުރު ކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނިގޮތުގައި މިބޯޓް އޮޔާގެންދަނީ ހއ. ދިއްދޫ އާއި ހއ. ވަށަފަރާ ދޭތެރެއަށް ހުޅަނގު އުތުރަށެވެ

އެހެންކަމުން މި ސަރަޙައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!