ޚަބަރު

ހުޅުމާލޭގައި ބާބަކިއު ހަދަން ވަގުތީ ދެ ސަރަހައްދެއް ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

މާދަމާ އިން ފެށިގެން ވަގުތީ ގޮތުން ބާބަކިޔު ހެދޭނެ ދެ ސަރަހައްދެއް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

ވަގުތީ ގޮތުން ބާބަކިއު ހެދުމަށް އެޗްޑީސީން ހަމަޖައްސާފައިވަނީ، ހުޅުމާލެ ރުތްގަނޑު ދެ ސަރަހައްދެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ބާބަކިއު ހެދުމަށްޓަކައި ބޭނުން ކުރަންވާނީ ހަމައެކަނި "ކޯލް" ކަމަށެވެ. އަދި ވަގުތީ ގޮތުން ބާބަކިޔު ހަދަން ހަމަޖެއްސި ދެ ސަރަހައްދުގައި މަސްކަނޑާ ހުޅުނބު ޖެހުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެގައި ބާބަކިިއު ހަދަން ބޭނުންކުރި ސަރަހައްދު މިހާރު ބަންދުކޮށްފައިވާއިރު، އެ ތަނުގައި "ޗެނަލް ޕާކް ބުލިވަޑް" ނަމުގައި ތަނެއް ހަދަން ވަނީ ނިންމާފަ އެވެ.

"ޗެނަލް ޕާކް ބުލިވަޑް" އަށް ރާވާފައިވާ ޕްލޭން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެތަން ތަރައްގީކޮށް ނިމޭއިރު، ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި، ސްކޭޓު ކުރާނެ ޕާކަކާއި، ރެސްޓޯރެންޓާއި އައުޓްޑޯ ޖިމް ހުންނާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!