އެންމެ ފަހުން ޓިކްޓޮކް ބެލޭ މިންވަރު މައިންބަފައިންނަށް ކޮންޓްރޯލް ކުރެވޭ ގޮތް ހަދައިފި
ޓިކްޓޮކަކީ ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް ވަރަށް މަޝްހޫރު އެޕްލިކޭޝަން އެކެވެ. ޓިކްޓޮކް ކުޅޭ މީހުންގެ އިތުރުން ޓިކްޓޮކް ބަލާ މީހުން ވެސް އެހާ ގިނައެވެ. ޓިކްޓޮކް ބަލާ ގިނަ ބަޔަކު ޓިކްޓޮކް ސިފަކުރަނީ ދެވި ހިފާ އެއްޗެއް ގެ ގޮތުގައެވެ. މި މީހުން ބުނާ ގޮތުގައި ކިތަންމެ އިރަކު ވެސް ޓިކްޓޮކް ބަލަން ތިބެވެއެވެ.
ޓިކްޓޮކް އިން މިހާރު ވަނީ އެ އެޕްލިކޭޝަން އަށް މުޅިން އާ ސޭފްޓީ ފީޗަރ ތަކެއް ގެނެސްފައެވެ. މި ބަދަލާއެކު ޓިކްޓޮކް ބަލާ ކުަޑަ ކުދިންގެ އެކައުންޓްތަކާއި އެކުދިންގެ ބެލެނިވެރިންގެ އެކައުންޓްތައް ލިންކް ކޮށްލެވޭނެއެވެ. އަދި އެ ކުދިން ޓިކްޓޮކް ބަލާ މިންވަރު ވެސް ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެއެވެ.
ޓިކްޓޮކް ގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި ޓިކްޓޮކް އިން އަބަދު ވެސް ބަލަނީ އެޕް ބޭނުން ކުރާ ފަރާތްތަކަށް މަޖާ އަދި ރައްކާތެރި ވަގުތު ތަކެއް ހޯދައިދިނުމަށެވެ. އަދި މުޅިން އަލަށް މި ނެރުނު ފެމިލީ ސޭފްޓީ ފީޗާ އަކީ ވެސް މީގެ ދަށުން ގެނެވުނު ބަދަލެއް ކަމުގައި އޮފިޝަލް ބުނެފައިވެއެވެ.
ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓްޑާންސް އިން އުފައްދާފައިވާ އަދި އެކުންފުނިން ހިންގަމުންދާ އެޕްލިކޭޝަނެކެވެ. ލަވަޔާއި އޯޑިޔޯ ކްލިޕުތައް ވީޑިޔޯއަށް އެއްކޮށްގެން އުފެއްދުންތައް، މި އެޕްލިކޭޝަނުން ހެދެއެވެ.