މުނިފޫހިފިލުވުން

ޝިލްޕާ ޝެޓީއަށް އަންހެން ކުއްޖަކު ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ކުޅަދާނަ އަދި ބެލުންތެރިންގެ ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ސިލްޕާ ޝެޓީ ކުންޑްރާއަށް ސަރޮގެސީ މެދުވެރިކޮށް އަންހެން ދަރިއެއް ލިބިއްޖެއެވެ.

Ads by STELCO

"ޕިންކް ވިލާ" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޝިލްޕާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނަށް އެ އަންހެން ކުއްޖާގެ ފޮޓޯއެއް ދައްކާލާފައެވެ. ޝިލްޕާ އަދި އޭނާގެ ފިރިމީހާ ރާޖް ކުންޑްރާ އެކުއްޖާގެ ނަމަކަށް ކިޔާފައިވަނީ ޝަމީޝާ ޝެޓީއެވެ.

ޝިލްޕާގެ މި އަންހެން ދަރިފުޅު އުފަންވެފައިވަނީ މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ޝިލްޕާ އަދި ރާޖްގެ ދެވަނަ ދަރިއެވެ. އެދެމެފިރިންނަށް ފުރަތަމަ ލިބުނީ ފިރިހެން ކުއްޖެކެވެ. އެއީ ވިވާން ރާޖް ކުންޑްރާއެވެެ.

ދަރިއެެއް ލިބުމުން ވަރަށް ގިނަ ދުވަސްވަންދެން ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު ޝިލްޕާ ޝެޓީ ވަނީ " ހަންގާމާ 2" ކުޅުމަށް ސޮއި ކޮށްފައެވެ. މި ފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު، މި ފިލްމު ރިލީޒް ކުރުމަށް ހަމަ ޖެހިފައިވަނީ. މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!