ލައިފްސްޓައިލް

ދަރިފުޅު ބޮޑުކުރަން އެންމެ ރަނގަޅު ގައުމަކީ މިއީ

ދެން އެމްވީ ، ދެން އޮންލައިން

ދަރިފުޅު ތަރުބިއްޔަތުކޮށް ބޮޑުކުރުމަކީ މައިންބަފައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. ކޮންމެ މަޔަކު ވެސް އަދި ބަފަޔަކު ވެސް އެބައެއްގެ ދަރިން ރަނގަޅު ގޮތުގައި ބޮޑު ކުރުމަށް ބޮޑެތި ގުރުބާނީތަކެއް ވެއެވެ.

Ads by MWSC

ޑަބްލިޔުއެޗްއޯ އާއި ޔުނިސެފް ގުޅިގެން ދަރިން ބޮޑުކުރުމަށް އެންމެ ރަނގަޅު ގައުމުތައް މިވަނީ ދިރާސާކޮށްފައެވެ. މި ދިރާސާގައި 180 ގައުމެއް ދިރާސާކޮށްފައިވާއިރު މި 180 ގައުމުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ހޮވިފައިވަނީ ނޯރވޭ އެވެ. ދެވަނަ ސައުތު ކޮރެއާ ހޮވުނުއިރު ކުދިން ބޮޑު ކުރުމަށް ތިން ވަނައަށް އެންމެ ރައްކާތެރި ގައުމަކަށް ހޮވިފައިވަނީ ނެދަރލެންޑްސް އެވެ.

މި ދިރާސާގައި ބަލާފައިވާ ކަންތައްތަކަށް ބަލާއިރު ކުދިން ސްކޫލުގައި ހޭދަކުރާ އަހަރުގެ އަދަދާއި ، ނިއުޓްރިޝަނަލް ޑާޓާ، ކުދިން ގެ ސަވައިވަލް ރޭޓް އަދި ޅަ އުމުރުގައި މާބަނޑު ވާ މިންވަރު ފަދަ ކަންކަން ހިމެނެއެވެ.

ތައުލީމާއި ނިއުޓްރިޝަން އިން މަތިން ޕޮއިންޓް ލިބުނު ގައުމުތަކުން ވެސް ކާބަން އެމިޝަން ލެވެލް މަތިކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!