ދުވާލަކު 10000 ‘ސްޓެޕްސް’ ހިނގިޔަސް ނުހިކޭނެ
ދުވާލަކު 10000 ފިޔަވަޅު ހިނގައިފި ނަމަ ހިކޭނެ ކަަމަށް ބުނާ ތިޔަރީއެއް ފާއިތުވި އަހަރުތަކުގައި ވަރަށް ނަން ހިނގާލިއެވެ. ހިކެން ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ތިބި ބަޔަކު މިކަން ކުރަން ވެސް ކުރިއެވެ. ހިކެން ބޭނުން ވެފަ މިކަން ކުރަން ހިތު ލައިގެން ތިބި ބަޔަކު ވެސް އެބަ ތިއްބެވެ.
އެ ފަރާތްތަކަށް މި ހަބަރު ވާނީ ވަރަށް ހިތާމަވެރި ހަަބަރަކަށެވެ. 10000 ފިޔަވަޅު ހިނގައިގެން ހިނގޭ ކަމަށް ބުނާ ތިއަރީ ގެ މައްޗަށް މިވަނީ ދިރާސާއެއް ކޮށްފައެވެ. ބްރިހަމް ޔަންގް ޔުނިވަރސިޓީ ގެ ކަސްރަތާއި ސައިންސާއި ބެހޭ ޑިޕާރޓްމެންޓް އިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި 10000 ފިޔަވަޅު ހިނގައިގެންނެއް ނުހިކެއެވެ. އޭގެ ބަދަލުގައި ވަނީ ބަރެވެ.
މި ދިރާސާ ގައި އެ ޔުނިވަރސިޓީ ގެ 120 އަންހެން ދަރިވަރުން ބައިރިވިއެވެ. ކޮންމެ ދުވަހަކު 10000 ފިޔަވަޅު ހިނގުމުގެ އިތުރުން މި މީހުން ގެ ކެލޮރީ އިންޓޭކް ވެސް ވަނީ ރެކޯޑު ކުރެވިފައެވެ. 24 ހަފްތާ ވަންދެން ހަފްތާ އަކު ހަ ދުވަހު 10000 ވުރެ ގިނަ ފިޔަވަޅު އަޅައިގެން މި މީހުން އެވްރެޖު ކޮށް ކޮންމެ މީހަކު 3.5 ޕައުންޑްސް ބަރު ވެފައިވެއެވެ.
މި ދިރާސާ ކުރި މީހުން ބުނާ ގޮތުގައި ހަމައެކަނި ކަސްރަތު ކޮށްގެން ނުހިކޭނެއެވެ. ކަސްރަތާއި އެކު ރަނގަޅު ބެލެންސްޑް ޑައެޓެއް ވެސް ބޭނުން ވާ ކަން މި ދިރާސާއިން ވެސް ހާމަ ވާ ކަމަށް މި މީހުން ގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ބަރު ވިޔަސް ލުއި ވިޔަސް ހިނގުމަކީ މީހާގެ ދުޅަހެޔޮ ކަން އިތުރު ކޮށްދޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ހިކެން ބޭނުން ވެފައި ތިބި މީހުން މާޔޫސް ނުވާށެވެ. ރަނގަޅު ބެލެންސް ޑައެޓަކާއި އެކު ރަނގަޅަށް ކަސްރަތު ކުރާށެވެ.