ޚަބަރު

ފުނަދޫގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ށ.ފުނަދޫގައި ކުޑަކުއްޖަކު މޫދަށް ވެއްޓި ގެނބިގެން މަރުވެއްޖެއެވެ.

Ads by Sosun Fihaara

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފުނަދޫގައި މޫދަށް ވެއްޓި ގެނބިގެން މަރުވެފައިވަނީ އުމުރުން 1 އަހަރާއި ނުވަ މަހުގެ ފިރެހެން ކުއްޖެއް ކަމަށެވެ.

އެެރަށު ހޮސްޕިޓަލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

ފުލުހުން ދަނީ މިހާރު އެ ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!