ޚަބަރު

އެމްޑީޕީގެ ޖަލްސާއަށް ދާން މުވައްޒަފުންނަކަށް ނާންގަން، ދައުރުކުރަނީ ފޭކް ލިޔުމެއް: ފެނަކަ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އެޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް މިރޭ ބާއްވާ ޖަލްސާ އަށް ދިޔުމަށް ފެނަކަ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by MWSC

އެމްޑީޕީގެ ޖަލްސާ އަށް ދިޔުމަށް ފެނަކައިގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔުމެއް ދަނީ ދައުރުވަމުންނެވެ.

އެ ކުންފުނިން ބުނީ އެމްޑީޕީން އިންތިޒާމުކޮށްގެން މިރޭ ބާއްވާ ޖަލްސާ އަކަށް ހާޒިރުވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެ އަސްލެއް ނެތް ލިޔުމެއް ދައުރުކޮށް ޗެނަލް 13 އިން ދޮގު ހަބަރު ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

"މިފަދަ އެއްވެސް އެންގުމެއް އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން" ފެނަކަ އިން ބުނެއެވެ.

ފެނަކަ އިން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!