ޚަބަރު

އެމްޑީޕީ ޖަލްސާއަށް ފިނި ތަރުހީބެއް، ގިނަ ގޮނޑިތައް ހުސްކޮށް

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނު ފެށުމުގެ ގޮތުން މިރޭ އަލިމަސް ކާނިވަލު ސަރަހައްދުގައި ބާއްވާ ޖަލްސާ ފެށިއިރު ވެސް ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރިކަން ފާހަގަކުރެވިއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް "ރަށްވެހި ފަތިސް" ނަމުގައި ފަށާ ކެމްޕޭނު ފެށުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ސޯސަލް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު މިޖަލްސާގައި ބައިވެރިވުމަށް އާންމުންގެ ތެރެއިން ގޮސްފައިވަނީ ވަރަށް މަދު ބަޔެއްކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ޖަލްސާއަށް ވަޑައިގެންނެވިއިރު ވެސް ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ.

ޖަލްސާގައި މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބައެއް އިސް ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަދައްކަވާފައިވެއެވެ.

މިޖަލްސާގައި ބައިވެރުވުމަށް ފެނެކާ ކުންފުނިން އެކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާ ކަމުގައި ބުނާ ލިޔުމެއް މީސްމީޑިޔާގައި ޢާންމުވެފައިވެއެވެ. އެލިޔުމާ ގުޅިގެން އެއީ އަޞްލު ލިޔުމެއް ނޫން ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!