މުސާރައަށް ގެނައި ބަދަލާއެކު ދާއިރާގައި ރަނގަޅު ޓީޗަރުން ހިފެހެއްޓޭނެ: މިނިސްޓަރު

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާ ގުޅިގެން މި ދާއިރާގައި ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކޮށް، ރައީސް ޞާލިޙް މިއަދު ވަނީ އެކަން އަންގަވައިފައެވެ.
މި ބަދަލާ ގުޅޭ ގޮތުން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ޓީޗަރުންނަށް ދެމުންދާ މުސާރައާއި އެމީހުން ކުރާ މަސައްކަތާ މިހާރު ނުބައްދަލު ކަމަށެވެ.
"ޓީޗަރުން މިކުރާ މަސައްކަތަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރު ވެސް ދެވޭ އުޖޫރައަކީ ރެސްޕޯންސިބިލިޓީއާ ނުބައްދަލު އުޖޫރައެއް އަޅުގަނޑުމެން ދެމުން މިދަނީ. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްޤު އަގު ދެވޭތޯ." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަ ލާއެކު ރަނގަޅު ކުދިން މި ދާއިރާއަށް ގުޅޭނެކަމަށާއި އަދި މިހާރު ތިބި ރަނގަޅު މުދައްރިސުން ވެސް އެހެން ވަޒީފާތަކަށް ނުދާނެކަމަށް އުންމީދުކުރާ ކަމަށެވެ
"އެހެންވީމަ މިހާރު މިއައި ހެޔޮ ބަދަލާ އެއްކޮށް ރަނގަޅު އެއްޗެއް މުދަރިއްސުންނަށް އަބުރުވެރިކަމާ އެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ"