ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާ ވެއްޖެ

  • މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 19 ވަނަ މީހާ
އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާ ވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭ އިން ބުނީ އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 9:30 ގައެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 19 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ 5 ދުވަހު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 4000 އަށްވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!