މުނިފޫހިފިލުވުން

"ދެވަނަ ކުއްޖެއް ހޯދަން މަސައްކަތް ކުރާތާ 5 އަހަރު ވެއްޖެ"

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ބަތަލާ ޝިލްޕާ ޝޭޓީއަށް ދެވަނަ ކުއްޖަކު ލިބުނު ޚަބަރު ވެގެންދިޔައީ އޭނާގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށެވެ. ސަރޮގެސީ މެދުވެރިކޮށް ޝިލްޕާ އަދި ވިޔަފާރިވެެރިޔާ ރާޖް ކުންޑްރާ އަށް ލިބުނީ އަންހެން ދަރިއެކެވެ. އެދެމީހުން އެކުއްޖާއަށް ކިޔާފައިވާ ނަމަކީ ޝަމީޝާ ރާޖް ކުންޑްރާއެވެ.

Ads by Sosun Fihaara

ޝިލްޕާ ސަރޮގެސީ މެދުވެރިކޮށް ދެވަނަ ދަރިއެއް ހޯދުމުން ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ޝިލްޕާ މިވަނީ ޖަވާބު ދީފައެވެ.

"މުމްބާއި މިރޯ" އަށް ޝިލްޕާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެދެމަފިރިން ދެވަނަ ދަރިއެއް ހޯދުމަށް މަސައްކަތް ކުރާތާ 5 އަހަރު ވެއްޖެ ކަމަށެވެ. އަދި ޝިލްޕާ އަބަދުވެސް އަންހެން ދަރިއެެއް ބޭނުންވާ ކަމަށާއި، އޭނާ ދަރިއަށް ކީ ނަމަކީ އޭނާގެ އުމުރުން 21 އަހަރުގައި ރީތި ވި ނަމެއް ކަމަށެވެ.

ޝިލްޕާ ބުނީ އޭނާއަށް ފެބްރުއަރީގައި ދަރިއެއް ލިބެން އުޅޭކަން އެނގުނު ހިސާބުން ފެށިގެން އެކަމަށް ތައްޔާރުވާން ފެށި ކަމަށެވެ. އަދި މަސައްކަތްތައް ވެސް މަަޑު ޖައްސާލި ކަމަށެވެ.

ޝިލްޕާ ފުރަތަމަ ދަރިއެއް ލިބުމަށްފަހު ފިލްމީ ދާއިރާއާއި ދުރުގައި ގިނަ އަހަރުތަކެއް ހޭދަ ކުރުމަށްފަހު، އޭނާ މިހާރު ދަނީ ކަމްބެކް ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. އެއީ " ހަންގާމާ 2" އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!