ރާއްޖެއައި މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި އެމެރިކާ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން އަތުލައިގެން މި މަސްތުވާތަކެތީގައި ޖުމްލަ 2.064 ކިލޯ ހުރި ކަމަށާއި މިއީ މަގުމަތީ އަގުން ބަލާ ނަމަ 10 މިލިއަން ރުފިޔާގެ ތަކެތި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މިތަކެތި އަތުލައިގަނެފައި ވަނީ 11 މެއި 2022ވަނަ ދުވަހު ރާއްޖެ އައި އެމެރިކާ ރައްޔިތަކާ މެދު ޝައްކު ކުރެވިގެން، އެމީހާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގަައެވެ.
މިގޮތުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ ތަޙުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މި މައްސަލައިގައި ޝާމިލްވާ ފަރާތާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.