ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
 
                                                    މިއަދު ހެނދުނު ،ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސްކޫލަކަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހައިއިރު ފުލުހުންނަށް ހުށައަޅައިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.
 
Ads by Ooredoo
 
 
 
            
                     
            
                     
            
                    
 
		
 
		
 
		
 
		
