ޚަބަރު ސަރުކާރު

ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ:ޝައުނާ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް އެންވަަޔަރަމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކައުންސިލްތަކާ އެކު އއ. އުކުޅަހުގައި ކުރިއަށްދާ 'ވިއަވަތި ރާއްޖެ' ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ފަހު ކޮޅަށް އެ މަސައްކަތް އެއްކޮށް ނިންމައި ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފް ކުރެވޭ ވަރު ވެގެންދާނެކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ބާކީ ދެން އޮތީ ސަރުކާރުގެ އިދާރާތަކުގެ ޑޭޓާ އެންޓާކުރުން ކަމަށާއި އެކަމަށް ރާވައިފައި ވަނީ ކޮންމެ މިނިސްޓްރީއަކާ އެކު ޑޭޓާ ހިއްސާ ކުރަން ޑޮކިއުމެންޓެއް ހެދުންކަމަށެވެ.

މި މަސައްކަތް ސަރުކާރުން ފަށައިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓުގެ ދަށުން ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމްކުރުމާއި ސްމާޓު ފޯނުތަކުގައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީ ކާޑު އެޕްލިކޭޝަނެއް ހެދުމުގެ އިތުރުން ބަޔޯމެޓްރިކް އައިޑެންޓިޓީ ނިޒާމެއް ގާއިމް ކުރުމާ ކޮންޓެކްޓްލެސް ސްމާޓު އައިޑީ ކާޑެއް ގާއިމް ކުރުމެވެ.

Ads by HDC
  1. ތިޔަ ލާ މަރުކަޒީ އަކީ 1970 ގެ ކުރީގައިވެސް އަތޮޅު ތަކުގައި ހަމަ އޮތްނިޒާމް ނުންތޯ ތިޔަ ނިޒާމުން ތަރައްޤީއެއް ނުވާނެ ، ތިޔަ ނިޒާމުގެ އަސްލަކީ ރަށު މީހާ އަމިއްލަޔަށް އޭނަގެ ކަންކަން ކުރުން !