ޚަބަރު

ތުރުކީގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ޤަތަރުގައި އޮތް ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރި ނަބީޙުއަށް މަރުޙަބާ ކިއުމުގެ ތެރެއިން

މިއަހަރުގެ ސެޕްޓެމްބަރު މަހު ތުރުކީގައި އޮންނަ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވައިލައިފިއެވެ.

Ads by STELCO

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 29އިން އޮކްޓޯބަރު 10އަށެވެ. ޤުރުއާނާ ބެހޭ މަރުކަޒުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، އެ މުބާރާތުގެ ދެ ކެޓެގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރުސަތު ލިބިފައިވާ ދެ ކެޓެގަރީއަކީ އަލަށް ގުރުއާން ހިތުދަސް ކޮށްފައިވާ ކެޓަގަރީއާއި ތަޖުވީދަށް ރުއާން ކިޔެވުމުގެ ކެޓަގަރީއެވެ. މިއިން ކޮންމެ ކެޓެގަރީއަކުން ވެސް ލިބިފައިވަނީ އެއް ފުރުސަތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމައިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކަށެވެ.

މީގެ އިތުރުން ބައިވެރިވުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެ 1ވަނަ ހޯދައިފައި ނުވުމާއި ތުރުކީގެ އިންޓަނޭޝަނަލް މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައި ނުވުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ޤާރީއަކަށް ނުވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!