Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބަލަން ވަޒީރުންގެ ކޮމިޓީއެއް

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބަލަން ވަޒީރުންގެ ކޮމިޓީއެއް
މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބެލުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވައިލައިފިއެވެ. މިއަދު ހިނގާދިޔަ ކަންތައް ވަޒީރުންގެ މަޖިލީހުން ކުށްވެރި ކުރައްވައިފައިވާ އިރު، އެކަން ކުރި މީހުންނަށް ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގައި ވަނީ ގޮވައިލައްވައިފައެވެ. މި މައްސަލަ ބެލުމަށް ނެންގެވި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
  • އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
  • އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
  • ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
  • ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން
  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް
ބައިނަލްއަޤްވާމީ ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެންދަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވާފައިވަނީ ޒުވާނުންގެ ބަޔަކު އެތެރެއަށް ވަދެ ގެންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަދުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރައްވާނެކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވެސް ވަނީ ވިދާޅުވެފައެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް