Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާދަމާ ކުޑަވަގުތުކޮޅަކަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެ!

މާދަމާ ކުޑަވަގުތުކޮޅަކަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެ!
ކަރަންޓުގެ މަސައްކަތްތަކެއް މާދަން ހެނދުނު ކުރިއަށް ދާނެ ކަމަށާއި، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް، ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެއް ވިއުގައަކުން މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގެ ކަރަންޓު ގުޅައިލުމަށް ޓަކައި ގާއިމްކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގައި ކުރަން ޖެހޭ މަސައްކަތްތަކެއް ސްޓެލްކޯއިން މާދަމާ ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ކުރިޔަށްދާތީ، މާދަމާ ހެނދުނު 6:30އާއި 7:30އާ ދޭތެރޭ މަސައްކަތްތައް ކުރާއިރު، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށް، އެ ކުންފުނިން ވިދާޅުވިއެވެ. އެ ހިސާބުތަކަކީ:
  • ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު
  • ނަސަންދުރައާއި ކާނިވާ ހިމެނޭ ސަރަހައްދު
  • ޓާޓާ ފްލެޓްތައް ހުރި ސަރަހައްދު
  • ގަޑިބުރު ސަރަހައްދު
  • މާފަންނު ފިނި ޕާކް ހިމެނޭ ސަރަހައްދު
  • ދުނބުރި މިސްކިތް ހުންނަ ސަރަހައްދު
  • މާފަންނު މަދަރުސާ ހުންނަ ސަރަހައްދު

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް