ޚަބަރު އިޖުތިމާޢީ

އާރްޓީއެލްގެ ދަތުރުތައް ހއ.ގައި ރަސްމީކޮށް ފަށަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާރްޓީއެލް ހިދުމަތްދޭ ފެރީތައް. މި ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ. ފޮޓޯ: އެމްޓީސީސީ

ރާއްޖެ ޓްރާންްސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަތުރުތައް ހއ.އަތޮޅުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިއްޖެއެވެ.

Ads by Hajj Corporation

ޕްލޭނިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާރްޓީއެލްގެ ދަތުރުތައް ހއ.އަތޮޅުގައި ރަސްމީކޮށް ފެށުމާއެކު މާދަމާއިން ފެށިގެން ދަތުރުތައް ކުރާނީ އަގު ނަގައިގެން ކަމަށެވެ.

މިނިސްޓްރީން މިހާރު ވަނީ ހއ.އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ކަނޑައަޅައިފައެވެ. ބައެއް ރަށްރަށަށް އެއްކޮޅަށް 100 ރުފިޔާ ނަގާއިރު އަނެއް ބައި ރަށްރަށަށް އެއްކޮޅަށް 125 ނަގާނެއެވެ.

މި ހިދުމަތުގެ ދަށުން ކުރެވޭ ދަތުރުތަކުގައި ތިން އަހަރު ނުފުރޭ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެކަން އަންގައިދިނުމަށް, ޖެންޑާ މިނިސްޓްރީން ދީފައިވާ ކާޑު ހުށަހެޅުމުން ހިލޭ ދަތުރުކުރެވޭނެއެވެ.

https://twitter.com/MoNPHImv/status/1543105807902187520?t=ppi2c2iAqkY43ScDX2oYmQ&s=19

ޕްލޭނިންގ މިނިސްޓްރީން ބުނީ އާރްޓީއެލް ފެރީ ހިދުމަތަށް މާދަމާއިން ފެށިގެން ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!