ޚަބަރު

އިމިގްރޭޝަންގެ ފޭކު ވެބް އެޑްރެސްއެއް ދައުރުވަނީ، ސަމާލުވޭ!

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އިމިގްރެޝަންގެ މުވައްޒަފުންތަކެއް--

މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ހިންގަމުން އަންނަ ފޭކު ވެބް އެޑްރެހަކަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެ އިދާރާއިން މިއަދު ބުނީ "އިމިގްރޭޝަން ޖީއޯވީ. އެމްވީ"ގެ ނަމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ވެބް ސައިޓެއް ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ވެބްސައިޓު ބޭނުންކޮށްގެން އިމިގްރޭޝަނާ ގުޅޭ އެއްވެސް ހިދުމަތެއް ހޯދުމަށް ލޮގްއިން ނުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު ހިންގަމުން އަންނަނީ އިމުގާގެ ނަމުގައެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތާއި އެހެނިހެން ހިދުމަތްތަކަށް އެދެވެއެވެ.

ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާވުމުން، މީގެ ކުރިން ނުވާ ވަރަށް އިމިގްރޭޝަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް އިމިގްރޭޝަނުން މިހާރު އަންނަނީ ހަދަމުންނެވެ.

  1. ފޭކު

    ފޭކުވީމާާ ހުރިހާކަމެއްވެސްް ވާނީފޭކުު މިހާރަކުު ރަގަޅެއްް ގޯހެއްނޭގޭހާާ ހިސާބައްް ހިގައްޖެެ