ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު

ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު އޮންނާނެއެވެ.
އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ މަރުވީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 4:25 ކަން ހާއިރުއެވެ.
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.
ޔާސިރު ޔަހްޔާގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު 13:00 ގައި މަސްޖިދު ތަޢާވުން އާ ސަހަރާ މިސްކިތުގައެވެ.