ޚަބަރު ޝަރުޢީ ދާއިރާ

މުޒާހަރާގައި ހައްޔަރުކުރި ލަންކާ މީހާއަށް ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިއްޔެ ހައްޔަރު ކުރި ލަންކާ މީހާ ނޫސްވެރިންނާ ވާހަކަދައްކަނީ

މާލޭގައި އިއްޔެ ސްރީލަންކާގެ ރައްޔިތުން ކުރި މުޒާހަރާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

Ads by STELCO

ސްރީލަންކާގެ 100 އެއްހައި މީހުން މާލޭގައި އިއްޔެ މުޒާހަރާކުރީ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އޭނާއަށް ހިމާޔަތްދިން މައްސަލައިގައެވެ.

އިއްޔެ ކުރި މުޒާހަރާގައި ހައްޔަރުކުރި މީހާއާ ބެހޭ ގޮތުން ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ކަމަށެވެ.

އެ ގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާއަށް ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!