ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު އެމްއެންޑީއެފުން ކަސްޓަމްސް ބަލިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ވާދަވެރި ކުޅުމަކަށްފަހު އެމްއެންޑީއެފުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުގައި އެމްއެންޑީއެފުން ކަސްޓަމްސް ބަލިކުރީ 1-2 ގޭމުންނެވެ.

އެ މެޗުގެ ފުރަތަމަ ގޭމު 1-4 ފްރޭމުން ގެންދިޔައީ އެމްއެންޑީއެފްއެވެ. ދެވަނަ ގޭމު 2-4 ފްރޭމުން އެމްއެންޑީއެފް ގެންދިޔަ އިރު، ތިންވަނަ ގޭމު 4-3 ފްރޭމުން ގެންދިޔައީ ކަސްޓަމްސްއެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ސީދާ ތިން ގޭމުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ. ފެނަކަ އިން 1-2 ގޭމުން ރައީސް އޮފީސް ބަލިކުރި އިރު، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ވަނީ ސީދާ ތިން ގޭމުން ދިރާގު ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!