ދުނިޔެ

ކެރެލާ މީހަކު ސިނގިރޭޓް ބުއިން ހުއްޓާލައިގެން 5 ލައްކަ ރުޕީސް އެއްކޮށްފި، ބޭނުންވަނީ ބޮޑު ގެއެެއް އަޅަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭފަދައިން ސިނގިރޭޓް ބުއިމަކީ ސިއްހަތަށް ގެއްލުންވާ ކަމެކެވެ. ދިގު މުއްދަތަކަށް ސިނގިރޭޓު ބޯ މީހުންނަށް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެއެވެ.

Ads by Sosun Fihaara

އިންޑިއާގެ އަވަށެއް ކަމުގައިވާ ކެރެލާގެ ފިރިހެނަކު މީގެ 8 އަހަރު ކުރިން ސިނގިރޭޓު ބުއިން ހުއްޓާލާ ސިނގިރޭޓު ބުއިމަށް ހަރަދުކުރަމުންދިޔަ ހުރިހާ ފައިސާއެއް ވަނީ އެއްކޮށްފައެވެ. އަދި މިހާރު އޭނާ ވަނީ އޭނާ ބޭނުންވާ ފެންވަރުގެ ބޮޑު ގެއެއްް އެޅޭ ވަރަށް ފައިސާ އެއްކޮށްފައެވެ.

މީގެ ކުރިން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކޮށްފައިވާ މި މީހާ އަދިވެސް ފައިސާ އެއްކުރަމުންދާއިރު އަންހެނުންނާއި ދަރިފުޅު ގޮވައިގެން އުޅެވޭވަރުގެ ބޮޑު ގެއެއް އެޅޭނެ ވަރުގެ ރުފިޔާ އޭނާއަށް މިހާރު އެއްވެފައިވާ ކަމުގައި އޭނާ ބުނެއެވެ.

މީގެ ކުރިން ދުވާލަކު ފޮއްޓަކަށްވުރެ ވެސް ގިނައިން ސިނގިރޭޓް ބޮއެ އުޅުނު ނައިރު ނަމަކަށް ކިޔާ މި މީހާ ސިނގިރޭޓް ބުއިން ހުއްޓާލީ އެކަމުގެ ސަބަބުން ސިއްހީ އެކިއެކި މައްސަލަތަކާ ކުރިމަތިވާތީ ކަމުގައި އޭނާ ބުންޏެވެ.

އޭނާ ސިނގިރޭޓް ބުއިން ހުއްޓާލިއިރު ބާޒާރުގައި ސިނގިރޭޓުގެ އަގަކީ ފޮއްޓެއް 50 އިންޑިއާ ރުޕީސް އެވެ. އެހެންކަމުން ދުވާލަކު އޭނާގެ އަތުން ގާތްގަނޑަކަށް މަދުވެގެން 100 ރުޕީސް ސިނގިރޭޓަށް ހަރަދު ކުރާ ކަމަށް ވެއެވެ.

ނައިރު އަކީ ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވެފައިވާ ތިބި އެތައް ބަޔަކަށް ލާމަސީލު ނަމޫނާއެއްކަން ޔަގީނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!