އަންނަ ހޮނިހިރު ދުވަހު އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލަން ނިންމައިފި
![](https://dhen.mv/wp-content/uploads/2021/07/އައިޖީއެމްއެޗް-ހޮސްޕިޓަލު-850x548.jpg)
އަންނަ ހޮނިހިރު ދުވަހު އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ހިޖުރީ އައު އަހަރު ފެށޭ ދުވަހާ ގުޅިގެން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކްގެ ޚިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އައިޕީޑީއާއި އިމަޖެންސީ ޚިދުމަތްތައް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އާންމު އުސޫލުން ޓްރޯމާއާއި އިމަޖެންސީގެ ޚިދުމަތްތައް މެދުުނުކެނޑި 24 ގަޑިއިރު ލިބޭނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ބައެއް މުނާސަބުތަކާ ގުޅިގެން ސަރުކާރު ބަންދުކުރުމުން އެފަދަ ބައެއް ދުވަސްތަކުގައި އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް ވެސް މެދުކަނޑާލައެވެ. ނަމަވެސް އެކަމަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު މައްސަލައެކެވެ.