ޚަބަރު

ޚާރިޖިއްޔާގެ ތެރޭގައި ގާއިމުކޮށްފައި އޮތް ރަސްކަން ނިންމަންޖެހޭ: ޑރ.ޝަހީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގެ ޚާރިޖިއްޔާގެ ތެރޭގައި މިހާރު އޮތީ ރަސްކަމެއް ގާއިމުކޮށްފައިކަމަށާއި, އެކަން ނިންމަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދަރިފުޅު, އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ މޫސާ ޔަމީން ޝާހިދުގެ އަނބިމީހާ ލަންޑަނުގައި ބަހައްޓަން އަހަރެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޭދަކުރާކަމަށް ރިޕޯޓުކުރި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމް އިއްޔެ ވިދާޅުވީ ރާއްޖޭގެ ޚާރިޖިއްޔާގެ ތެރޭގައި މިހާރު އޮތީ ރަސްކަމެއް ގާއިމުކޮށްފައި ކަމަށެވެ. އަދި ދައުލަތަށް ބޭނުންނުވާ ބޭކާރު މަގާމުތައް އުފައްދައި ދައުލަތުގެ ބަޖެޓުން ފައިސާ އިސްރާފުކުރަމުންދަނީ ''ރައްޓެހިންނާއި ބޭފުޅުން'' ރާއްޖެއިން ބޭރުގައި ލަގްޒަރީ ދިރިއުޅުންތަކުގެ ރުކުން ހަމަކުރަން ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އެކަމާ އެއްޗެއް ބުނާނެ އަދި އެއްޗެއް ބުނަން ކެރޭނެ މީހެއް އެމްޑީޕީއަކު ނެތް ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކެޓްރީއެއްގެ މަޤާމުގައި ހުންނެވި މަރްޔަމް އަފްނާންއަށް ދައުލަތުން އަހަރެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާ ޚަރަދުކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ.ޝަހީމް މިއަދު ވިދާޅުވީ ޚާރިޖީ ރަސްކަން ނިންމަންޖެހޭ ކަމަށާއި ދިވެހި ޒުވާނުން އިސްކޮޅަށް ތެދުވަންޖެހޭ ކަމަށެވެ.

އަފްނާންއަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހްގެ ދަރިފުޅެވެ. އަފްނާންއަށް އަހަރެއްގެ މައްޗަށް ދައުލަތުން 1,564,418 ރުފިޔާ ޚަރަދުކުރެެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!