ލައިފްސްޓައިލް

ހިތްވަރުގަދަ އަންހެނެއް: ފައި ހުޅު ނައްޓާލުމުން ވެސް ކުޅުން ހުއްޓައެއް ނުލި

ދެން އެމްވީ ، ދެން އޮންލައިން

ފުޓުބޯޅައަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަވެފައި އޮތް ކުޅިވަރެއްގެ ގޮތުގައި އޮތް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އަންހެނުން ވެސް ފުޓްބޯޅައިގެ ތެރެއަށް ވަދެ ބޮޑެތި ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ. ނަމަވެސް އަދިވެސް އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އަންހެނުންނަށް ފުޓުބޯޅައެއް ނުކުޅެވޭނެއެވެ.

Ads by STELCO

ސްކޮޓްލޭންޑްގެ އަންހެން ފުޓުބޯޅަތަރިއަކު މިވަނީ އަންހެނުންނަށް ވެސް ފުޓުބޯޅަ ކުޅެވޭނެކަން މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ. ކުޅެމުން ދަނިކޮށް ފައިގެ ހުޅު ނައްޓާލުމުން ވެސް ހުޅު އަމިއްލަ އަށް އަޅުވާލައި އިތުރު 40 މިނެޓު ކުޅުނު މި އަންހެންތަރީގެ ވީޑިއޯއެއް ބީބީސީ އިން ވަނީ އާންމު ކޮށްފައެވެ. އެއާއެކު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ މިއަންހެނާއަށް ހުއްޓިފައެވެ.

ގިނަ ބައެއްގެ ތައުރީފު މިހާރު އޮހެމުންދާ މި އަންހެނާއަކީ ސްކޮޓިޝް ކްލަބެއް ކަމަށްވާ އެސްޓީ މިރެން ޑަބްލިޔުއެފްސީ ގެ ކެޕްޓަން ޖޭން އެވެ. ޖޭން ދަނޑުމަތީގައި މި ހިތްވަރު ދައްކާފައިވަނީ ސްކޮޓިޝް ކްލަބެއް ކަމަށްވާ އިންވާނެސް ކެލިޑޯނިއަން އާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

ޖޭން އަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު ޖޭން މިވަނީ ކުޅިވަރުގައި ގަދަ ހިތްވަރާ ފަންވަރު ދައްކާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!