ޚަބަރު އިޖުތިމާޢީ

ފުލުހުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރެހުމުގެ މުބާރާތެެއް ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކުރީގެ ރައީސް ޑރ.ވަޙީދު ކުޑަކުދިންތަކަކާއެކު. ފޮޓޯ ރައީސް އޮފީސް

ދިވެހި ފުލުހުންގެ ޚިދުމަތުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރެހުމުގެ މުބާރާތެެއް ބާއްވަން ނިންމައި, އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

އެ މުބާރާތަކީ ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.

16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގެ ތީމަކީ ''ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން'' މިއެވެ.

ފުލުހުން މިއަދު ބުނީ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައި ކަމަށެވެ.

މި މުބާރާތުގެ އެއްވަނަ އަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާ ލިބޭއިރު, ދެވަނައަށް 3000 ރުފިޔާ ލިބޭނެއެވެ. އަދި ތިންވަނައަށް 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!